ވ. ކެޔޮދޫގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ ސްކޫލު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ކެޔޮދޫގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ ސްކޫލުގެ އިމާރާތުގެ މަސައްކަތު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުލް ލަތީފް އިބްރާހީމެވެ.
އެ މަޝްރޫގެ ދަށުން ކެޔޮދޫގައި އަލަށް ގާއިމުކުރަނީ ހަތަރު ބުރީގެ ސްކޫލު އިމާރާތެކެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 23.79 މިލިއަން ރުފިޔާއަށް 360 ދުވަހުން ނިންމާގޮތަށެވެ.
"917 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގައި މި ސްކޫލު އިމާރާތްކެރެވެމުން. މިހާރު ސްކޫލު ކުދިންނަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ކިޔަވާކުދިންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ. އަދި ސްކޫލުގައި ގާއިމުކުރެވޭ ލެބޯޓްރީގެ ސަބަބުން ކިޔަވާ ކުދީންނަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް މި ކުންފުނިން ގަބޫލުކުރަން،" އެމްޓީސީސީން ބުންޏެވެ.
އެ މަސައްކަތުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 11 ކްލާސްރޫމާއި އެއް ސްޓާފްރޫމް.
- އެއް ކޮންޕިއުޓަރު ލެބާއި އެއް ސައިންސް ލެބް އިމާރާތްކުރުން.
ފާތިމަތު ލިއުޝާ
ވ. ކެޔޮދޫ
ވ. ކެޔޮދޫ
ވ. ކެޔޮދޫ
ވ. ކެޔޮދޫ