މިއަންނަ މަހުގެ ނިޔަލަށް ހުރިހާ އަތޮޅަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެ އަތޮޅު ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ގާއިމުކޮށް ދިނުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި އެ ވައުދު ފުއްދުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ދެމަސްކުރިން އެ ވައުދު ފުއްދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ މިއަންނަމަސް ނިމެންވާއިރަށް، އަޅުގަނޑު ވައުދުވީ މިއަހަރު ނިމެންވާއިރަށޭ. މިއަންނަ މަސް ނިމެންވާއިރަށް މި ދެންނެވި ވައުދުވެސް ކޮންމެ އަތޮޅެއްގަ މަދުވެގެން އެ ރަށުގެ ހިދުމަތް. ބައެއް އަތޮޅުތަކުގައި ދެ ރަށުގައި ތިން ރަށުގައިވެސް އެބަ ގާއިމްކުރެވޭ ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުން" ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައިވަނީ ފެލިދޫގައި ޕާސްޕޯޓުގެ ހިދުމަތްވެސް ފަށައިދީފައެވެ. ފެލިދޫގައި އެ ހިދުމަތް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާންއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު