ރަޝިޔާގެ ޖެޓުތަކެއް އެސްޓޯނިއާ ވައިގެ ސަރަހައްދަށް ވަދެއްޖެއެވެ.
އެސްޓޯނިއާގެ ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން ރަޝިޔާގެ ހަނގުރާމަމަތީ ތިން ޖެޓެއް އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައިވެއެވެ.
އިއްޔެގެ ވަގުތެއްގައި އެސްޓޯނިއާގެ ވައިގެ ސަރަހައްދަށް ވަން ރަޝިޔާގެ ޖެޓުތައް 12 މިނެޓު ވަންދެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
ހުއްދަ ނުހޯދައި އެސްޓޯނިއާގެ ވައިގެ ސަރަހައްދަށް ރަޝިޔާގެ ޖެޓުތައް ވަދެފައިވާ މައްސަލަައިގައި ނޭޓޯއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނޭޓޯއިން ވަނީ ރަޝިޔާގެ އެ އަމަލަކީ ރަޝިޔާގެ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި ނޭޓޯގެ ގައުމުތަކުން އުފައްދާފައިވާ މިލިޓަރީ އެލަޔަންސުން ވަނީ އެސްޓޯނިއާ ވައިގެ ސަރަހައްދަށް ވަން ރަޝިޔާގެ ޖެޓުތައް އެ ސަރަހައްދުން ފޮނުވާލައިފައެވެ.
ރަޝިޔާއިން އަދި މިހާތަނަށް އެ މައްސަލައިގައި ކޮމެންޓެއް ކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ރަޝިޔާއާއި ނޭޓޯގެ މިލިޓަރީ އެލަޔަންސާ ދެމެދު ޔޫކްރޭނު ހަނގުރާމަ ފެށުނުފަހުން ވަނީ ކުދި ހަމަނުޖެހުންތައް ހިނގަން ފަށައިފައެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި