އަގުބޮޑު ހޮޓަލެއް ކަމަށްވާ ބާސެލޯ ނަސަންދުރަގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބާސެލޯގެ އިރުމަތީން އެއްކޮށްފައިހުރި ކުނިތަކެއްގައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ހާދިސާ ހިނގައިގެން އުޅޭތަނަށް ހާޒިރުވުމުގެ ކުރިން އެ އަލިފާންގަނޑު ވަނީ ނިއްވާލައިފައެވެ.