ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެ "ވަން"އަށް ބުނީ ނޯތު ސެންޓްރަލް ޕޮލިސް (އއ. އދ. ކ. ވ.) ގައި ހިމެނޭ ރަށެއްގެ މީހަކު ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖީންސީގޯނާ ކޮށްފައިވާ ކަމަށް މިމަހުގެ 14ގައި ރިޕޯޓުކުރި ކަމަށެވެ.

އެމީހާއަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށާއި އެ މީހާއާ ގުޅުން ހުރި އިތުރު މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވާފައިވާ ކަމަށެވެ.

"ވަން"އަށް މައުލޫމާތު ލިބިފައިވާގޮތުން އެއީވެސް ޖިންސީގޯނާގެ މައްސަލައެކެވެ.

ފުލުހުންގެ މިއަދު "ވަން"އަށް ބުނީ އެ މައްސަަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރު ކުރިކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.