ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގައި މީހަކު 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކުރިމިނަލް ކޯޓުން މި ހުކުމްކުރީ ސ. ހިތަދޫ، ދުންނިކަގެ، މުހައްމަދު ހުޒައިފު ލުތުފީގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށޫގެ ދައުވާ ކުރީ، އިތުރު ބަޔަކާ ގުޅިގެން ގ. ޖެލީފިޝް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމުގެ މައުލޫމާތު 8 ޖޫން 2023 ގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫކާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ޑްރަގް ފެނިގެންނެވެ.
ދައުވާގައި ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް އެ މައުލޫމާތު ލިބުމާ ގުޅިގެން، ފުލުހުން އެގެއަށް ގޮތް ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއަކަށް ބާރުގެ ބޭނުންކޮށްގެން ވަދެ، އެ ކޮޓަރީގެ އެތަން މިތަން ޗެކް ކުރުމުގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އެހެންކަމުން އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، 25 އަހަރުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ވަނީ އިއްޔެ ހުކުމްކޮށްފައެވެ. އަދި މި ފައިސާ އިއްޔެއިން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވެސް ހުކުމްގައިވެއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު