ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކޮށްފި އެވެ.
ފުލުހުން މިއަދު "ވަން"އަށް ބުނީ ނޯތު ސެންޓްރަލް ޕޮލިސް (އއ. އދ. ކ. ވ.) ގައި ހިމެނޭ ރަށެއްގެ މީހަކު ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖީންސީގޯނާ ކޮށްފައިވާ ކަމަށް މިމަހުގެ 14ގައި ރިޕޯޓުކުރި ކަމަށެވެ.
އެމީހާއަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށާއި އެ މީހާއާ ގުޅުން ހުރި އިތުރު މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވާފައިވާ ކަމަށެވެ.
"ވަން"އަށް މައުލޫމާތު ލިބިފައިވާގޮތުން އެއީވެސް ޖިންސީގޯނާގެ މައްސަލައެކެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެދިނުމުގެ މަރުހަލާދަނީ ކުރިޔަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ކުޑަކުދީންނަށް ކުރާ އަނިޔާ
ކުޑަކުދީންނަށް ކުރާ އަނިޔާ
ކުޑަކުދީންނަށް ކުރާ އަނިޔާ
ކުޑަކުދީންނަށް ކުރާ އަނިޔާ