ނިއުޔޯކް ޓައިމްސްއިން 15 ބިލިއަން ޑޮލަރު ހޯދަން ކޯޓަށް ވަޑައިގަންނަވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
އެމެރިކާގެ ޓްރޫތު މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ ނިއުޔޯކް ޓައިމްސް އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށާއި މި މައްސަލައަކީ ބަދަލުގެ ގޮތުގައި 15 ބިލިއަން ޑޮލަރު ހޯދުމަށް ހުށަހަޅާ މައްސަލައެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ނިއުޔޯކް ޓައިމްސްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާން ނިންމާފައި މިވަނީ އެ ނޫހުން ޓްރަމްޕާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާފައިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ނޫހުން ފެތުރި ޚަބަރުތަކުގެ ސަބަބުން އާއިލާގެ އަބުރު ގެއްލި، ވިޔަފާރިއަށް އެތައް ގެއްލުމެއް ވެފައިވާ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަަމްޕްގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި ނިއުޔޯކް ޓައިމްސްއާ ދެކޮޅަށް މައްސަލަ ހުށަޅުއްވާނީ ފްލޮރިޑާގެ ކޯޓަކަށެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު