ސިވިލް ސާވިސް މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރެވޭ ގޮތަށް ރަސްމީކޮށް ހަމަޖައްސައި، ގަވައިދު ބަދަލުކޮށްފިއެވެ.
ސިވިލް ސާވިސް ގަވައިދު ކުރިން އޮންނަ ގޮތުން ސިވިލް ސާވެންޓުންނަކީ ކޮން ބައެއްކަން ހިދުމަތް ހޯދާ ފަރާތަށް އެނގުން ލާޒިމެވެ.
ސިވިލް ސާވިސް ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައި ވަނީ ސިވިލް ސާވިސްގެ މުވައްޒަފުން ހިދުމަތްދިނުމުގައި ތިބެން ޖެހޭނީ އެކަށީގެންވާ ހެދުމެއްގައި ކަމަށެވެ. އަދި އެ ހިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފެއްގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެއެވެ.
އެ ބަދަލާއެކު، މޫނު ބުރުގާ އަޅައިގެން ސިވިސް ސާވިސްގައި މަސައްކަތް ކުރުމަށް ހުރި ގޮންޖެހުންތައް ނިމުމަކަށް އައީއެެވެ.
ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމަށް އޮތް ހުރަސް ނައްތާލި އިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވެސް މޫނު ބުރުގާ އަޅައިގެން ހިދުމަތް ދެވޭ ގޮތަށް ދާދިފަހުން ވަނީ ބަދަލު ގެނެސްފައެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް
ތީ ޤައުމް ދެކެ ލޯބިވާ އަދި ރައްޔިތުން ދެކެ ލޯބިވާ ރައީސް.. ޝުކުރިއްޔާ ރައީސް މުއިއްޒު…
ތއފޤ - 9 މަސް ކުރިން