ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއެޅުމަށާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ރަޖިސްޓްރީ ނުކޮށް ހިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ އިންސްޕެކްޝަނަކީ އެމްއެފްޑީއޭ، މާލޭ ސިޓީ ކައުންސިލް އަދި އެޗްޑީސީ ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.

އެ އިންސްޕެކްޝަން ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހު 21 އިން 31 އަށެވެ.

އެމްއެފްޑީއޭ އިން ބުނީ ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ބަންދުކޮށް އެތަންތަނުގެ މައުލޫމާތު އިންސްޕެކްޝަންގެ ތެރެއިން އާންމުކުރާނެ ކަމަށެވެ.