ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންދިޔައީ އިއްޔެ ކަމަށެވެ. އެ މީހަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ސައްދާމް ހުސެން (32އ) އެވެ.
ފުލުހުން ބުނީ އިއްޔެ ހުޅުމާލެ ފޭސް 1 ކަންނެލި ޖެޓީ ކައިރީ އިން އެމީހާއަށް ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން، އެމީހާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވުގެން ހުއްޓުވައި ބަލާފާސްކޮށްފައިވާ ކަމަށެވެ. އެމީހާ އާއި އެމީހާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ސިނގިރޭޓު ފޮއްޓާއި، ދުންފަތާއި، ސިނގިރޭޓު ފިލްޓަރު އަދި ރިޒްލާ ފެނިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ޖުމުލަ 53،000 އަށްވުރެ ގިނަ ރުފިޔާ އާއި ސިނގިރޭޓު އަނބުރަން ބޭނުންކުރާ ފޮށި ފެނިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އާއިޝަތު މާހާ
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން
ބޮލީވުޑް