އެސްޓިއޯއިން ވިއްކާ ހިޓާޗީ ބްރޭންޑަށް ހާއްސަކޮށް "އެންމް ފިނި ހިޓާޗީ ޑީލް" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗްއިސްގައި ކުރިއަށްގެންދާ އެ ޕްރޮމޯޝަން ފަށާފައިވަނީ މިއަދުއެވެ. އެއް މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެއެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 11 އެވެ.

އެ ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އެސީތަކުން 1000 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ.

އެސްޓީއޯއިން ބުނީ އެ ކޫޕަން ބޭނުންކޮށްގެން ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރި ފަރާތަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއާ ބްލޭޑް 125 އެއް ލިބިގެންދާނެ ކަމަށެވެ.