ސްޓެލްކޯގެ ބޯޑު މެންބަރުގެ މަގާމުގައި ހުންނެވި ތ. ތިމަރަފުށި، ބޮޑުގެ، މުހައްމަދު އާމިރު، އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާމިރުގެ ބަދަލުގައި އެ މަގާމަށް މއ. ޑޯންޝައިން، އާއިޝަތު މުޒްނާ އައްޔަންކޮށްފައިވާ ކަމަށެވެ.
ބޯޑު މެންބަރަކަށް އައްޔަންކުރުމުގެ ކުރިން މުޒްނާ ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ އެ މަގާމަށް ޕްރޮމޯޓް ކުރި އިރު ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ.
ޕީސީބީން ސަރުކާރު ކުންފުނިތަކަށް ބޯޑު މެމްބަރުން އައްޔަންކޮށް ވަކިކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިންނެވެ.
މުހައްމަދު އިޝާން
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ