ނޭޕާލުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ މައި އެއާޕޯޓު، ކަތަމަންޑޫ އެއާޕޯޓުގައި ނުފުރި ބައެއް ދިވެހިން ތާށިވެއްޖެއެވެ.
ދިވެއްސަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެއާޕޯޓު ބަންދުކޮށްފައިވާ ކަމަށާއި އޭނާ ހުރީ އެއާޕޯޓުގައި ތާށިވެފައި ކަމަށެވެ.
"އެހީވެދީ. ކޮންމެވެސް މީހަކު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ގުޅައިދީ،" އޭނާގެ ޕޯސްޓުގައިވެއެވެ.
އޭގެ ފަހުން ވެސް އެއްވެސް އިދާރާއަކުން އޭނާއަށް ގުޅާފައިނުވާ ކަމަށްބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން "ވަން" އިން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން، އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަމާ ބެހޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.
ކޮރަޕްޝަނާ ދެކޮޅަށް ނޭޕާލުގެ ޒުވާނުން ނުކުމެ ވަނީ އެ ގައުމުގެ ވެރިކަން ވައްޓާލައި، ގާނޫނު ހަދާ މަޖިލިސް ހިންގާ އިމާރާތުގައި ހުޅު ޖަހައިފައެވެ. އަދި އެ ގައުމުގެ ސަރުކާރުގެ އިސް ބައެއް މީހުން ގަން ހިންގުވާފައިވެއެވެ.
އެ މައްސަލައިގައި ނޭޕާލްގެ ބޮޑުވަޒީރު ކޭ.ޕީ އޯލީ މިއަދު ވަނީ އިސްތިއުފާދެއްވައިފައެވެ. އޯލީގެ އިސްތިއުފާއާ ގުޅިގެން އާ ސަރުކާރެއް އެކުލަވާލުމަށް ޕާޓީތަކުން ދަނީ މަސައްކަތްކުރަމުންނެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު