ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް 75 ނިންމައިފިއެވެ.
އެ މަޝްރޫގެ މަސައްކަތު ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއަށް ބޭނުންވާ ހިލައިގެ ތިންވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަަ އަހަރުގެ މެއި މަހުގައެވެ. އެއީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:
- 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން.
- 3,245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން.
- 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން.
- 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން.
- 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
- 1،509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުންރޭމްޕެއް ހެދުން.
- ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން.
ފާތިމަތު ލިއުޝާ
ށ. މާއުނގޫދޫ
ށ. މާއުނގޫދޫ
ށ. މާއުނގޫދޫ
ށ. މާއުނގޫދޫ