ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ މުއްދަތު ގުނުމުގައި ދައުލަތުގެ އެހެން އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހިދުމަތްކުރި މުއްދަތު ހިމަނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ނިންމި ނިންމުން ބާތިލުކޮށް، އެކަމާ ބެހޭގޮތުން އިތުރަށް މަޝްވަރާކުރަން ނިންމައިފިއެވެ.
ސީއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައި ވަނީ، ހިދުމަތުގައި ހުރި މުވައްޒަފަކު ވަޒީފާ އިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ނިންމާފައިވާ ކަމަށެވެ.
ސީއެސްސީން އެ ދުވަހު ކުރި އިއުލާނުގައި ވަނީ މިހާރު ސިވިލް ވަޒީފާގައި ތިބި މުވައްޒަފުންގެ އެފަދަ ވަޒީފާއެއްގެ ރެކޯޑެއް އޮތްނަމަ، ސީއެސް ވިއުގައިގެ "އެކްސްޕީރިއަންސް" ބަޔަށް އަޕްޑޭޓްކުރަން އެދޭ ކަމަށްވެސް ބުނެފައެވެ.
ސީއެސްސީން މިއަދު އެ ސާކިއުލާ ބާތިލުކޮށް، ނެރުނު އިއުލާނުގައިވަނީ އެ ސާކިއުލާ ބާތިލުކުރީ ކަމާގުޅޭ ރަސްމީ އިދާރާތަކާ އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ.
ރިޕޯޓް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު