އަންނަ ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕަށް ދިވެހި ސްކޮޑު އެކުލަވާލުމަށް ބާއްވަމުންދާ ސެލެކްޝަންއިން ފުރަތަމަ ޖާގަތައް އިބްރާހިމް ހުޖާން އާއި އައިޝަތު ނަހުފާ ހޯދައިފިއެވެ.

މީގެ ކުރިން 2014 ވަނަ އަހަރުވެސް ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް ބާއްވާފައިވާ އިރު، މިފަހަރުގެ މުބާރާތް އޮންނާނީ ޑިސެމްބަރު ދެއަކުން ހަޔަަކަށެވެ. މުބާރާތް ބާސެލޯސް ނަަސަންދުރާގައި ބާއްވަން ނިންމާފައިވާ އިރު، ރާއްޖެއިން 10 ކުޅުންތެރިންގެ ސްކޮޑެއް މުބަރާތުގައި ވާދަކުރާނެއެވެ. އެއީ އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ފަސް ކުޅުންތެރިންނެވެ.

ސެލެކްޝަން މިމަހު އެކަކުން އަށަކަށް ހުޅުމާލޭ ކެރަމް ހޯލްގައި ކުރިއަށްދާ އިރު، 31 ކުޅުންތެރިން އަދި 18 އަންހެން ކުޅުންތެރިން ސެލެކްޝަންގައި ވާދަކުރަމުން ދެއެވެ.

ފުރަތަމަ ބުރުގެ ސެލެކްޝަންގެ ފިރިހެން ޖާގަ ހުޖާން ހޯދީ އިސްމާއީލް އަޒްމީނާ ވާދަކޮށްގެންނެވެ. ހުޖާން މެޗު ކާމިޔާބުކުރީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު އަޒްމީން 25-0 އިން ގެންދިޔަ ނަމަވެސް ދެ ހުޖާން ވަނީ އަނެއް ދެ ސެޓު، 20-21 އަދި 19-21 އިން ގެންގޮސްފައެވެ.

ނަފްހާ ފުރަތަމަ ބުރުން ޖާގަ ކަށަވަރުކުރީ ސީދާ ދެސެޓުން އައިމިނަތު ވިދާދު ބަލިކޮށްގެންނެވެ. ނަފްހާ ސެޓުތައް ގެންދިޔައީ 25-9 އަދި 25-4 އިންނެވެ.