ގައުމީ އެއާލައިން މޯލްޑިވިއަނުން ޗައިނާގެ ތިން ސިޓީއަކަށް ހާއްސަ ޕްރޮމޯޝަނަލް އަގުތަކާއެކު ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެ ޕްރޮމޯޝަންގެ ދަށުން މާލެއިން ޝަންހާއި، ޗެންގްދޫ އަދި ބެއިޖިން އަށް ކުރާ ދަތުރުތަކަށް ވަރަށް ހެޔޮ އަގުތަކެއް ވަނީ ހަމަޖައްސައިފައެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރެވޭނީ އަންނަ މަހުގެ 28 އިން ނޮވެމްބަރު 15 އާ ދެމެދުއެވެ.

މި ޕްރޮމޯޝަންގެ އަގުތައް؛ ރިޓާން ޓިކެޓު

  • ޝަންހާއި - 499 ޔޫއެސް ޑޮލަރު
  • ބެއިޖިން - 499 ޔޫއެސް ޑޮލަރު
  • ޗެންގްދޫ - 449 ޔޫއެސް ޑޮލަރު

މޯލްޑިވިއަނުން ބުނިގޮތުގައި ދަތުރުތަކުގެ ތާވަލު ރޭވިފައިވަނީ ފަސިންޖަރުންނަށް އެންމެ ފަސޭހަވާނެ ގޮތަށެވެ. އެގޮތުން މާލެއިން ފުރާ ފްލައިޓްތައް ރޭވިފައިވަނީ ރޭގަނޑު ފުރައިގެން ޗައިނާއަށް ހެނދުނު ދެވޭ ގޮތަށެވެ. އަދި އަނބުރާ އަންނަ ދަތުރުތައްވެސް މާލެއަށް އާދެވޭނީ ހެނދުނުގެ ވަގުތެއްގައެވެ.

މޯލްޑިވިއަނުން އިތުރަށް ބުނިގޮތުގައި ދިވެހި ޕާސްޕޯޓް ހޯލްޑަރުންނަށް ޗައިނާއިން 30 ދުވަހުގެ ހިލޭ ވިސާ އޮން އެރައިވަލްގެ ގޮތުގައި ލިބޭނެއެވެ.