ޕާކިސްތާނުގެ ސިޔާސީ އެއްވުމެއްގައި ބޮމެއް ގޮއްވާލައި 15 މީހުން މަރާލައިފިއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ ބަލޮޗިސްތާން ނެޝަނަލް ޕާޓީން ބޭއްވި ސިޔާސީ އެއްވުމެއްގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 15 މީހަކު މަރުވެފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަނިޔާވެފައެވެ.
އެތައް ސަތޭކަ މީހުން އެއްވި އެ އެއްވުމުގައި ޖާނުން ފިދާވެގެން ގޮއްވާލި އެ ގޮއްވުމުގެ ޒިންމާ އެ ގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓުން ވަނީ ނަގައިފައެވެ.
ޕާކިސްތާނުގެ ޖިއޯ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޮން ގޮއްވާލި މީހާއަށް އެއްވުމުގެ ތެރެއަށް ވަދެވިފައި ނުވަނީ ސެކިއުރިޓީ ގަދަވުމުގެ ސަބަބުންނެވެ. އެ މީހާއަށް އެއްވުމުގެ ތެރެއަށް ވަދެވުނު ނަމަ، ލިބޭނެ ގެއްލުން ބޮޑުވާނެ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ