ކުރިއަށް އޮތް 2026 ވަނަ އަހަރު ފީފާ ވޯލްޑް ކަޕްގެ ޓިކްޓް ވިއްކަން ފަށަން ތައްޔާރުވެފައިވާ ކަމަށާއި، ޓިކެޓް އަގުކުރާނީ ޑިމާންޑް އޮންނަ ވަރަކަށް ބަލާފައި ކަމަށް ފީފާއިން ބުނެފިއެވެ.
ފީފާއިން ބުނީ ޕްރި ސޭލްސްގައި ފުރަތަމަ ވިއްކާނީ މިލިއަން ޓިކެޓް ކަމަށާއި، ފަށާ އަގަކީ 60 ޑޮލަރު ކަމަށެވެ. އެ އަގުގައި ޓިކެޓް ވިއްކަން ފެށި ނަމަވެސް، ޑިމާންޑާ އެއްވަރަށް އަގަށް ބަދަލު ގެންނަން ވިސްނާފައިވާ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ. އެއީ އެންމެފަހުން ފީފާއިން ބޭއްވި ކްލަބު ވޯލްޑް ކަޕުގައިވެސް ފީފާއިން އަމަލުކޮށްފައިވޭ އުސޫލެވެ.
ފީފާއިން ޓިކެޓް ވިއްކަން ފަށާނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ވިސާ އޮންނަ ފަރާތްތަކަށް ކަމަށްވެސް ފީފައިން ވަނީ ބުނެފައެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 19 ވަނަ ދުވަހަށެވެ.
ފީފާއިން ބުނީ ގްރޫޕް ސްޓޭޖު މެޗުތަކުގެ އަގު 60 އިން ފެށި ނަމަވެސް، ފައިނަލްގެ ޓިކެޓް އަގު 6730 ޑޮލަރަށް އަރާނެ ކަމަށެވެ. އެއީ މިހާރު ވިއްކަން ގަސްދުކޮށްފައިވާ ޓިކެޓްތަކުގެ އަގެވެ.
ފީފާއިން މިހާރު މެޗު ޓިކެޓް ވިއްކާ އުސޫލަކީ ޑައިނަމިކް ޕްރައިސިންގެ އުސޫލެވެ. އެއީ އާއްމުކޮށް ފްލައިޓްތް ޓިކެޓް އަދި ހޮޓެލް ރޫމް ޓިކެޓްވެސް ވިއްކާ އުސޫލެވެ.
މެކްސިކޯގެ އިތުރުން ކެނެޑާއާއި އެމެރިކާގައި އަންނަ އަހަރު ބާއްވަން ނިންމާފައިވާ ވޯލްޑް ކަޕަށް، ވިސާ ނެތް މީހުންނަށް ޓިކެޓް ވިއްކަން ފަށަން ފީފާއިން ނިންމާފައި ވަނީ މިއަހަރު ފަހުކޮޅުގައެވެ.
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް