ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ )އެސްޓީއޯ) އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ސިޓީ ހޮޓާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު 20 މިލިއަން ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ރުފިޔާ) އަށް އަގުކޮށް، ފޭސް ދޭއް ގެ ބިމަކާ ބަދަލުކޮށްފި އެވެ.
އެސްޓީއޯއިން މިއަދު ބުނީ، ސިޓީ ހޮޓާ، ފޭސް ދޭއްގެ ބިމަކާ އަގުކޮށް އެޗްޑީސީއާއެކު މިދިޔަ މަހުގެ 31 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.
"މި މުއާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، މި އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެއެވެ" އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯ އިން ހޮޓާ ތަރައްގީކުރަން ދީފައިވާ ބިމުގެ ބަދަލުގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ހުޅުމާލެއިން ބިމެއް ދިނުމަށް ނިންމާފައިވާ ކަން ހާމަކުރީ މި އަހަރު ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގަ އެވެ.
އެޗްޑީސީން އެ ހޮޓާ ހިންގުން ހަވާލުކޮށްފައިވަނީ، "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ އެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު