ގައުމީ އެއާލައިން، މޯލްޑިވިއަނުން ޑޮމެސްޓިކް ބައެއް ރޫޓްތަކުގައި "ސްނެކް އެންޑް ފްލައި" ގެ ނަމުގައި އާ އޮންބޯޑް ރީޓެއިލް ހިދުމަތެއް ތައާރަފުކޮށްފިއެވެ.
އެ ހިދުމަތުގެ ދަށުން ދަތުރުވެރިންނަށް ލުއިކާނާ އާއި، ބުއިންތަކާއި އަދި ރާއްޖޭގެ ސުވެނިއާ ގަންނަން ލިބޭނެއެވެ.
މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި އެ ހިދުމަތުގެ ދަށުން ދަތުރުވެރިންނަށް މިހާރު ކެބިން ކްރޫއިން މެދުވެރިކޮށް ސީދާ ލުއި ކެއުމާއި ބުއިންތައް ގަނެވޭނެއެވެ. އޭގެ އިތުރުން، ހާއްސަކޮށް ބޭރުގެ ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތާއި ސަގާފަތް ދައްކުވައިދޭ ސުވެނިއާސް ގަތުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
ދަތުރުވެރިންގެ ހިޔާލާއި ތަޖުރިބާގެ އަލީގައި އެ ހިދުމަތުގެ ދަށުން ވިއްކާ ތަކެތި އިތުރުކުރުމަށް ވެސް ވަނީ މޯލްޑިވިއަނުން ވަނީ ނިންމައިފައެވެ.
މި އޮންބޯޑް ރީޓެއިލް ހިދުމަތް ތައާރަފުކުރުމަކީ މޯލްޑިވިއަނުން ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ.
އާއިޝަތު މާހާ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ
މޯލްޑިވިއަން އެއިރޯ