އައްޑޫން ފުވައްމުލަކަށް ފަޔާ ޓްރަކެއް ގެންދިއުމުން، ފުވައްމުލަކު އެއާޕޯޓު އަލުން ހުޅުވައިފިއެވެ.
ފުވައްމުލަކު އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ ހޯމަ ދުވަހުގެ ހަވީރެވެ. އެއީ ފަޔާ ޓްރަކް ހަވާލުވުމާ ގުޅިގެން ސިވިލް އޭވިއޭޝަންގެ ގައިޑްލަންތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭ މިންގަނޑެވެ.
އެނގިފައިވާ ގޮތުގައި އައްޑޫން ލޭންޑިން ކްރާފްޓެއްގައި ފަޔާ ޓްރަކް، ރޭގެ ވަގުތެއްގައި ވަނީ ފުވައްމުލަކަށް ގެންގޮސްފައެވެ.
ފަޔާ ޓްރަކް ލިބުމުން މިއަދު އަލުން އެއާޕޯޓް ވަނީ ހުޅުވައިފައެވެ. އަދި މިއަދުގެ ވަގުތެއްގައި ފުވައްމުލަކު އެއާޕޯޓުގެ ދަތުރުތައް އަލުން ފަށާނެއެވެ.
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
ރައީސް މުހައްމަދު ނަޝީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ހާރިޖީ ގުޅުން