އެލައިޑް އިންޝުއަރަންސް ކުންފުނީގެ "އެލައިޑް ފެސްޓް" ސީރީޒްގެ ދެވަނަ ކޮމިއުނިޓީ އިވެންޓު ފުވައްމުލަކު ސިޓީގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
"އެލައިޑް ފެސްޓް" ސީރީޒަކީ މުޖުތަމައުއާއެކު ގުޅުން ބަދަހިކޮށް، އެލައިޑުގެ ޕްރޮޑަކްޓުތަކުގެ މައުލޫމާތާއި އާއިލާތަކާއި ކުޑަކުދިންނަށް ފައިނޭންޝަލް ޕްލޭނިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި އެކި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް މާނަހުރި ތަޖުރިބާތަކެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުވައްމުލަކު ޔޫތު ސެންޓަރުގައި ބޭއްވި އެލައިޑް ފެސްޓްގައި 3000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އެ ހަރަކާތް ކުރިއަށްގެންދިޔައީ އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއެކުއެވެ. ދިހަ ފުޑް ސްޓޯލަށްވުރެ ގިނަ ސްޓޯލް ބަހަައްޓާފައިވާ އިރު، އެ ހަރަކާތުން މުޖުތަމައުތައް އެއްތަނަކަށް އެއްވުމުން، ހާސިލުކުރެވޭނެ ކަންކަން ފެނިގެންދިޔަ ކަމަށް އެލައިޑުން ބުނެއެވެ.
އެލައިޑުން ވަނީ އެ ހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށް ފުވައްމުލަކު ސިޓީ ރެކްރިއޭޝަނާއި ފުވައްމުލަކު ޕްރީސްކޫލުތަކާއި ޕްރިންސިޕަލުންނާއި އަދި ފުވައްމުލަކުގެ ރައްޔިތުން ދިން އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އެލައިޑުން ބުނީ މުޖުތަމައުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކާއެކު އެ ކުންފުނީގެ ބައިވެރިވުން ވަރުގަދަކުރެވޭ ކަމަށާއި އަދި އާއިލާތައް އެއްތަނަކަށް ގެނެސް، ތަފާތު ހަރަކާތްތަކާއެކު މަޖާ މާހައުލެއްގައި ގުޅުން ބަދަހިކުރުމާއި ފައިނޭންޝަލް ޕްލޭނިންގެ ތަޖުރިބާ ހޯދައިދިނުމަށް މަގުފަހިވާ ކަމަށެވެ.
އެލައިޑުން ވަނީ މިއަހަރުގެ މެއި 10 ގައި ކުޅުދުއްފުށި ސިޓީ އަދި ޖޫން 20 ގައި އައްޑޫ ސިޓީގައި ވެސް "އެލައިޑް ފެސްޓް" ކުރިއަށްގެންގޮސްފައެވެ. އޭގެ އިތުރުން "އެލައިޑް ފެސްޓް"ގެ ތެރެއިން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ހުޅުމާލޭގައި ދެ ދުވަހުގެ ހަރަކާތެއް އަދި ތިނަދޫ ސިޓީގައި އެއް ދުވަހުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވެސް އެލައިޑުން ވަނީ ނިންމައިފައެވެ.
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސް