ފުވައްމުލަކު ސިޓީގެ އެއާޕޯޓުގެ ފަޔާ ޓްރަކް ހަލާކުވެ، އެއާޕޯޓު ވަގުތީގޮތުން ބަންދުކޮށްފައިވާތީ އައްޑޫއިން ފުވައްމުލަކަށް ފަޔާ ޓްރަކެއް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ފުވައްމުލަކު އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ އިއްޔެ ހަވީރެވެ. އެއީ ފަޔާ ޓްރަކް ހަވާލުވުމާ ގުޅިގެން ސިވިލް އޭވިއޭޝަންގެ ގައިޑްލަންތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭ މިންގަނޑެވެ.

އެނގިފައިވާ ގޮތުގައި އައްޑޫއިން ލޭންޑިން ކްރާފްޓެއްގައި ގެންދާ ފަޔާ ޓްރަކް، މިރޭގެ ވަގުތެއްގައި ފުވައްމުލަކަށް ކައިރިކުރާނެއެވެ.

ފަޔާ ޓްރަކް ލިބުމުން މާދަމާގެ ވަގުތެއްގައި ފުވައްމުލަކު އެއާޕޯޓުގެ ދަތުރުތައް އަލުން ފަށާނެއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް ގޮތެއް ނިންމައިފައެއް ނުވެއެވެ.