ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު އިސްތިއުފާ ދެއްވައިފިއެވެ.
ވަހީދު މިއަދު ވިދާޅުވި ގޮތުގައި ސީއެފްއޯގެ މަގާމުން އިސްތިއުފާ ދެއްވީ ޗީފް ލެވެލްގެ އެހެން މަގާމަކަށް އޭނާ ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރާތީ ކަމަށެވެ.
ފެނަކައިގެ ސީއެފްއޯގެ މަގާމަށް ވަހީދު އައްޔަންކުރީ 11 ސެޕްޓެމްބަރު 2014 ގައެވެ. ނަމަވެސް 26 އޮކްޓޫބަރު 2023 ގައި އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރިއެވެ.
އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ އެ ވަޒީފާ އިން ވަހީދު ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަަށްވާތީ އަނބުރާ ވަޒީފާ ދިނުމަށެވެ.
ވަހީދު، ފެނައިގެ ސީއެފްއޯގެ މަގާމު އަދާކުރެއްވީ ޓްރައިބިއުނަލްގެ އަމުރާ އެއްގޮތަށް ފެނަކައިން އަލުން ވަޒީފާ ހަމަޖެއްސުމުންނެވެ.
އަލީ ޔާމިން
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް