އިޓަލިއަން ސެރެެއާ އޭގައި ރޭ އިންޓަ މިލާނުން ކުޅުނު މެޗުގައި އުޑިނޭޒޭން ފަހަތުން އަރައި މޮޅުވެއްޖެއެވެ.
މިދިޔަ ސީޒަނުގެ ފަހު ކޮޅަށް ދަންދެން އިންޓައިން ތަށްޓަށް ވާދަކުރި ނަމަވެސް، އެޓީމު ކައިރިން ނަޕޯލީ ވަނީ ކުރި ހޯދާފައެވެ. އަނެއްކޮޅުން ސުޕާކޮޕާ އިޓާލިއާނާގެ ފައިނަލުގައިވެސް އިންޓައިން އޭސީ މިލާން އަތްދަށުވެފައިވާ އިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ކައިރިންވެސް ވަނީ ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިފައެވެ.
އިންޓައިން ރަނގަޅު ފޯމެއްގައި މިދިޔަ ސީޒަނުގައި ފެނުނު ނަމަވެސް، ތަށްޓަށް ނުލިބި އެކަމުގެ މާޔޫސްކަން ހަނދާން ނައްތާލަން ސީޒަނަށް ނުކުމެފައިވާ އިރު، ރޭ އަމިއްލަ ދަނޑުގައި އުޑިނޭޒޭ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
ޑެންޒިލް ޑަމްފްރީސް، މެޗުގެ 17 ވަނަ މިނެޓުގައި އިންޓައަށް ލީޑު ނަގައިދީފައިވާ އިރު، އެ ގޯލުގައި މާކަސް ތުރާމްގެ މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ. ޑަމްފްރީސް ގޯލު ޖެހީ ތުރާމް އަރިމަތިން ގޮސް ނަގައިދިން ރަނގަޅު ހުރަހަކުންނެވެ.
ހާފު ނިމުމުގެ ކުރިން އުޑިނޭޒޭ ވަނީ ނަތީޖާ އަނބުރާލައިފައެވެ. އެ ގޯލުތައް ޖެހީ އިނގިރޭސި ފޯވަޑް ކެއިނާން ޑޭވިސްއާއި އަރުތޫރު އައްޓާއެވެ.
އިންޓައިން މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވި އިރު، އަނެއް މެޗުން ވަނީ ބަލިވެފައެވެ. އުޑިނޭޒޭ މިހާތަނަށް ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، އަނެއް މެޗުން ރޭ މޮޅުވިއެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ