އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ސްޓެލްކޯއިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅައިފައެވެ.

އެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިއަދު ރަތް ދޫލައިން މަރުހަބާ ކިޔައިފައެވެ. އަދި ހާއްސަ ހަފުލާއެއްވެސް ވަނީ ބާއްވައިފައެވެ.

ރާއްޖޭގައި އިންޖިނޭރުން ދުވަސް ފާހަގަކުރާތާ މިއީ ދެވަނަ އަހަރެވެ.

އޮގަސްޓު 30 އަކީ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ފާހަގަކުރުމަށް ރައީސް މުއިއްޒު ނިންމެވީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

އިންޖިނޭރުން ގައުމަށް ކޮށްދެއްވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑު، ސަރުކާރުން ދޭން ފަށާނެ ކަމަށް ރައީސް އިއްޔެ ވަނީ ވިދާޅުވެފައެވެ.