2036ގެ ކުރީން ވީނަސް އަށް ދަތުރުކުރަން ރަޝިޔާއިން މަސައްކަތްފަށައިފިއެވެ.
ރަޝިޔާގެ އޮފިޝަލުން ބުނެފައިވާގޮތުގައި، އެ ގައުމުން ވީނަސް އަށް ދިއުމަށް ކުރާ ދަތުރު، އަިދ މި ޕްރޮގްރާމްގެ ނަމަކީ، ވެނެރާ-ޑީ އެވެ. މި ދަތުރަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ރަޝިޔާގެ މި މިޝަން އަކީ އެ ގައުމުގެ ގައުމީ ޖައްވީ ޕްރޮގްރާމުގެ މުހިންމު ބައެއް ކަމަށާއި އެ މަސައްކަތަށް ހާއްސަ ޓީމެއް އެކުލަވައިލައިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ރަޝިޔާގެ ސްޕޭސް ރިސާޗް އިންސްޓިޓިއުޓްގެ ޑިޕާޓްމަންޓް އޮފް ޕްލެނެޓަރީ ފިޒިކްސްގެ ހެޑް އޮލެގް ކޮރަބްލެވް ބުނެފައިވާ ގޮތުގައި، އެމިޝަންގެ ޑިޒައިންގެ މަސައްކަތް 2026 ވަނަ އަހަރު ފަށާނެ އެވެ. އަދި އެ މަސައްކަތަށް ދެ އަހަރު ހޭދަވާނެ ކަމަށް އޭނާ ބުނެއެވެ.
އޮފިޝަލުން ވަނީ އެ މިޝަން ކުރިޔަށް ގެންދިއުމަށް ޔަގީން ތާރީހެއް ދެވޭނީ މަސައްކަތް ކުރިޔަށްދާ ގޮތަށް ބަލާފައިކަމަށާއި 2036 ވަނަ އަހަރުގެ ކުރިން އެ މިޝަން ކުރިޔަށް ދާނެ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް