ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަމުންދާތާ ހަތް ދުވަސް ވެއްޖެއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ފުވައްމުލައް، ދޫޑިގަން/ ފަސީހްއާބާދު، މަސީހް އަބްދުލް ހަކީމް (41އ) އެވެ.
ފުލުހުން މިއަދު ބުނީ މަސީހު އަބްދުލް ހަކީމަކީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ އެމްޕީއެލް ޓަވަރުގައި ދިރިއުޅޭ މީހެއް ކަމަށެވެ.
ފުލުހުން ބުނީ މަސީހު އަބްދުލް ހަކީމުގެ ހަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށާއި އާއިލާއިން އެކަން ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
މަސީހު އަބްދުލް ހަކީމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 ގުޅައި އެ މައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް