އުރީދޫ މޯލްޑިވްސްއިން ކ. ހުރާގައި ކުރިއަށްގެންދިޔަ މަސްރޭސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިމަހުގެ 22 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެ މަސްރޭހުގައި މާލެ ސަރަހައްދުން 19 ޓީމެއް ވާދަކުރިއެވެ.
މިއަހަރުގެ އުރީދޫ މޯލްޑިވްސްގެ ހުރާގެ ޗެމްޕިއަނަކަށް ހޮވުނީ ޓީމު ބާކީއެވެ. އެ ޓީމުން ވަނީ ޖުމުލަ 544.5 ޕޮއިންޓް ހޯދައި، 25،000 ރުފިޔާގެ ބޮޑު އިނާމެއް ހޯދައިފައެވެ.
ދެވަނައިގައި 489.8 ޕޮއިންޓާއެކު ޓީމު ނޮރަ 10،000 ރުފިޔާ ހޯދި އިރު، 370 ޕޮއިންޓާއެކު ތިންވަނަ ހޯދީ ޓީމު އަނަންތަރާއެވެ. އަނަންތަރާއިން ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހޯދައިފައެވެ.
ހާއްސަ އެވޯޑުތައް:
- އެންމެ ބަރު މަސް: ޓީމު އަނަންތަރާގެ މަލާޒް 20.6 ކިލޯގެ ފާނާ (8 ބާ)
- އެންމެ މޮޅު މަސްވެރިޔާ (ފިރިހެން): 36 މަސް ބާނައިގެން ކްލަބު އެމްޓީސީސީގެ ޒިޔާދަށް ހައި ފިޝިން އިން ސްޕޮންސާކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ދޮއްޓެއް ވަނީ ލިބިފައި
- އެންމެ މޮޅު މަސްވެރިޔާ (އަންހެން): ހަތް މަސް ބާނައިގެން ސްޓެލްކޯ ކަނބަލުންގެ އަމީނާއަށް ހައި ފިޝިންއިން ސްޕޮންސާކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ދޮއްޓެއް ވަނީ ލިބިފައި
އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް ކުރިއަށްދަނީ ކ. ހުރާ އާއި ށ. ފުނަދޫގައެވެ. މިއަހަރު ކުރިއަށްދަނީ އުރީދޫ މަސްރޭސްގެ 16 ވަނަ އެޑިޝަނެވެ.
އުރީދޫން ބުނީ އުރީދޫ މަސްރޭހަކީ ދިވެހި މުޖުތަމައުގައި މަގުބޫލުކަން ހޯދާފައިވާ އެއްބައިވަންތަކަމާއި ސަގާފަތާއި މަސްވެރިކަމަށް އޮތް ޝައުގުވެރިކަން ދައްކުވައިދޭ ރޭހެއް ކަމަށެވެ. އަދި އުރީދޫން ވަނީ ހުރާ މަސްރޭހުގެ ނަސީބުވެރިންނާއި ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް