ހދ. ނެއްލައިދޫގައި އިމާރާތްކުރާ އާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނެއްލައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު، ނެއްލައިދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ މެންބަރުންގެ އިތުރުން ސަރުކާރު ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނެއްލައިދޫ ރައްޔިތުނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މިސްކިތް އިމާރަތްކުރާނީ ސޯލާ ހަކަތައިން ބޭނުން ކުރެވޭ ގޮތަށް ލައިބްރަރީއަކާއި ކްލާސް ރޫމަކާއެކުގައި ކަމަށާއި މުޅި މިސްކިތް ހުންނާނީ އޭސީކޮށްފައި ކަމަށެވެ.
މިސްކިތުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު