މިހާރު ރާއްޖޭގައި ކުރިއަށްދާ އިންޓަނޭޝަން ޓެނިސް ފެޑަރޭޝަން (އައިޓީއެފް) އިން ރުހުން ދީފައިވާ މުބާރާތެއް ކަމަށްވާ ޖޭ30 އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން މުބާރާތުގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ އާރާ އާސާލް އާޒިމް އާއި ތައިލެންޑްގެ ޓަރީޓާ ހޮންގްސިޔޮކްގެ ޕެއާއިން ރަން މެޑަލް ހޯދި އިރު، ނަބާ ނިޝާން އަންހެން ސިންގަލްސް ސެމީ ފައިނަލުގައި ވާދަކޮށްފިއެވެ.
މިއަހަރުގެ މޯލްޑިވްސް ޖޫނިއާ އޯޕަން މުބާރާތުގައި 24 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވާ އިރު، ރާއްޖޭގެ 22 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.
އާރާއި ޓަރީޓާގެ ޕެއާއިން ޑަބަލްސް ރަން މެޑަލް ހޯދީ ފައިނަލުގައި ދެކުނު ކޮރެއާގެ ސެންގްޔުން ޗޯއާއި ޗައިނާގެ ޔިޝާން ޒޫ ކައިރިން ސީދާ ދެ ސެޓުން މެޗު ގެންގޮސްގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ 6-2 އަދި 6-1 އިންނެވެ.
ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މުހައްމަދު ނޫހް ނާޒިހާއި ދާއޫދު ޝަހީބުގެ ޕެއާވެސް ސެމީއަށް ދަތުރު ކޮށްފައިވާ އިރު، އެ ޕެއާއިން ސުއިޒަލޭންޑްގެ ޗާލީ ބާޒިލް އާއި ތައިލެންޑްގެ ޑަންޓާއި ޓަކޯންގް ކައިރިން ބަލިވީ 7-6 އަދި 6-3 ގެ ސްކޯއަކުންނެވެ.
ނަބާ ވަނީ ސިންގަލްސް ސެމީގައި ދެކުނު ކޮރެއާގެ ސެއުންޔޫން ޗޯއާ ރަނގަޅު ވާދައެއް ކުރިއެވެ. ފުރަތަމަ ސެޓު، 6-2 އިން ކޮރެއާ ކުޅުންތެރިޔާ ގެންދިޔަ ނަމަވެސް، ދެން ކުޅުނު ސެޓު ނަބާ ވަނީ 6(4) - 7(7) އިން ގެން ގޮސްފައެވެ. އެހެން ނަމަވެސް ފަހު ސެޓު ނަބާއަށް ގެއްލުނީ 7-5 ގެ ސްކޯއަކުންނެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް