ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ، (29އ) އެވެ.
މާސްޓާ ޕްރޮގްރާމެއް ފުރިހަމަ ކުރަން އޭނާ ޖަޕާނަށް ދިޔައީ މީގެ ދެ އަހަރު ކުރިންނެވެ. ކޯސް ނިމުނުފަހުން ވެސް ލުޖައިނާ ރާއްޖެ ނައިސް ޖަޕާނުގައި ހުރީ އޮކްޓޯބަރު މަހު ގްރެޖުއޭޝަން ނިންމުމަށް ފަހު އެނބުރި ރާއްޖެ އައުމުގެ ބޭނުމުގައެވެ.
ލުޖައިނާ، ޖަޕާނުގައި ދިރިއުޅޭ ކޮޓަރީގައި ހަބަރު ހުސްވެފައި އޮއްވައި ފެނުނީ، އާއިލާއަށް ވެސް ނުގުޅޭތާ ދެ ދުވަސް ވެފައިވަނިކޮށެވެ.
އާއިލާއިން ދަނީ ލުޖައިނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
މުހައްމަދު އިޝާން
މަރު
މަރު
މަރު