މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ދިވެހި ސާފް ލީގަށް މުޅިން އަލަށް ތައާރަފު ކުރާ ލ. މާބައިދޫގެ ކެރަންޑޫ އިވެންޓްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ މަހުގެ 10 އިން 13 އަށް މާބައިދޫގައި ކުރިއަށް ގެންދަން ނިންމާފައިވާ ކެރަންޑޫ އިވެންޓަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ އިރު، ކުރިއަށް ގެންދަން ރާވާފައިވާ ކެޓަގަރީތަކަކީ ޝޯޓްބޯޑުގެ އިތުރުން ފިރިހެން އޯޕަން ބައިގެ އިތުރުން 18 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނެވެ.
އޭގެ އިތުރުން ފިރިހެން ބޮޑީބޯޑް ކެޓަގަރީވެސް ކުރިއަށް ގެންދަން ރާވާފައިވެއެވެ.
މިއީ ލ. އަތޮޅުގައި ސާފް ލީގު އިވެންޓެއް ބާއްވާ ފުރަތަމަ ފަަހަރުވެސް މެއެވެ. ގުދުރަތީ ހިތްގައިމުކަން ލިބިފައިވާ މާބައިދޫ އުތުރު ފަރާތުގައިވާ ރާޅު ބްރޭކަކީ "މެޗިން"ގެ ނަމުންވެސް މަޝްހޫރުވެފައިވާ ރާޅު ޕޮއިންޓެކެވެ. ރާއްޖޭގެ އެންމެ ރީތި އެއް ރާޅު ޕޮއިންޓުގެ ގޮތުގައި ފާހަގަވެފައިވާ އެ ރާޅުގަނޑަކީ ގިނަ ސާފަރުން ޝައުގުވެރިވާ ވާރުގަދަ އަވަސް ރާޅުތަކެއް ހުންނަ ޕޮއިންޓެއް ކަމަށްވެސް އެމްއެސްއޭ އިން ބުނެފައިވެއެވެ.
ސާފް ލީގު ތައާރަފު ކުރީއްސުރެ މިއަދާ ހަމައަށްވެސް ކޮންމެ އަހަރެއްގެ ފެށުމަށް ގައްދޫގައި ބާއްވަމުން އަންނަ ކަޅެގަލެކޮޑާ އިވެންޓް މިއަހަރު ކެންސަލް ކޮށްފައިވާ އިރު، ސާފް ލީގުގެ ތިން އިވެންޓަކީ މ. މުލީގައި ކުރިއަށް ގެންދިޔަ މުލިކޮޅު ރާޅުގަނޑާއި މާބައިދޫގެ ކެރަންޑޫ އިވެންޓް އަދި މާލޭގައި އޮންނަ ރަންނަމާރި ޗެލެންޖެވެ. ރަންނަމާރި ޗެލެންޖުގެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން