ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ގައުމު ދޫކޮށް ފިލަން މަސައްކަތްކުރި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
ބްރެޒިލްގެ ކުރީގެ ރައީސް ގައުމު ދޫކޮށް ފިލަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފައިވާ އިރު، އޭނާ ފިލަން މަސައްކަތް ކޮށްފައިވަނީ ދަރިކަލުން އުއާޑޯ އާއެކުއެވެ.
ބްރެޒިލްގައި ބަގާވާތެއް ހިންގައި ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ބޮލްސޮނާރޯގެ މައްޗަށް އުފުލާފައިވާ އިރު، އޭނާގެ މައްޗަށް ވަނީ އެ މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ވެސް ތުހުމަތުކޮށްފައެވެ.
ބްރެޒިލްގެ ފުލުހުން ބުނީ ކުރީގެ ރައީސް ބޮލްސޮނާރޯ ގައުމު ދޫކޮށް ފިލައިގެން އާޖެންޓީނާއަށް ގޮސް ހިމާޔަތް (އެސައިލަމް) ހޯދުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. އެކަން ހާމަވެފައިވަނީ އޭނާގެ ފޯނުން ލިބުނު މައުލޫމާތުތަކުން ކަމަށް ފުލުހުން ބުންޏެވެ.
ބޮލްސޮނާރޯ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ބަގާވާތް ކުރަން މަސައްކަތް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދާ އިރު، ބޮލްސޮނާރޯ ވަނީ ގޭބަންދުކޮށްފައެވެ. އަދި އެއްވެސް ބާވަތެއްގެ ސޯޝަލްމީޑިއާ ޕްލެޓްފޯމެއް ބޭނުންކުރުން އޭނާއަށް ވަނީ މަނާކޮށްފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ