މާލޭގައި ގްރޫޕަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ސޯސަން މަގުގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިރޭ 11:11 ހާއިރު ލިބިފައިވާ ކަމަށެވެ.
އަނިޔާ ލިބިފައިވާ މީހާ އައިޖީއެމްއެޗްއަށް ގެންދެވި، ފަރުވާދެމުން އަންނަ ކަމަށާއި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް