އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން "މެގަ ސޭލް ޕްރޮމޯޝަން" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"މެގަ ސޭލް ޕްރޮމޯޝަން" ގެ ނަމުގައި އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 20 ގެ ނިޔަލަށެވެ.

އެސްޓީއޯއިން މިއަދު ބުނީ މެގަ ޕްރޮމޯޝަންގެ ދަށުން ތަފާތު ދެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 500 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެންދާނެ ކަމަށެވެ.

ލަކީ ޑްރޯގެ ގުރުއަތުން ތިން ނަސީބުވެރި ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ނަސީބުވެރި ފަރާތްތަކަށް އަގުހުރި ގިނަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ލަކީ ޑްރޯގެ އިނާމުތައް:

  • އެއްވަނައަށް ހޮވޭ ފަރާތަކަށް - ފިލިޕްސް 50 އިންޗިގެ ޓީވީއަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރިއެއް
  • ދެވަނައަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ވޯޓާ ޑިސްޕެންސާ، ދޮންނަ މެޝިން އަދި ހިޓާޗީގެ ފަންކާއެއް
  • ތިންވަނައަށް ހޮވޭ ފަރާތަކަށް - ހިޓާޗީ ޑިޝް ވޮޝާ އަދި ރައިސް ކުކަރެއް

އޭގެ އިތުރުން އެ ޕްރޮމޯޝަންގެ ދަށުން ސޯޝަލް މީޑިއާގައިވެސް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖުތަކަށް ފޮލޯ ކުރުމަށްފަހު، ޕްރޮމޯޝަން މުއްދަތުގައި އަޕްލޯޑް ކުރާ ޕޮޓޯތަކުން ފެންނަ ޕްރޮޑަކްޓް ދިމާކޮށްގެން ކޮންމެ ހަފުތާއަކުވެސް ނަސީބުވެރި ފަރާތަކަށް ގިފްޓް ހެމްޕަރެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ހަމައެއާއެކު މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓުތައް ވިޔަފާރިކޮށްގެން، އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް #stopeopleschoice ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް #MegaSalePC އާއެކު ޕްރޮޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑް ކޮށްލައިގެން ވަރަށް އަގުހުރި ފިލިޕްސް އެއާ ފަރަޔާއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ޕީޕަލްސް ޗޮއިސްއިން ވިއްކާ ގިނަ ޕްރޮޑަކްޓްތަކަކުން 35 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.