އއ. ތޮއްޑޫގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.
ތޮއްޑޫގައި، ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް މުއިއްޒު، މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑުއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު، ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އަދި ބީއެމްއެލްގެ ސީއީއޯ މުހަައްމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ހިދުމަތް ފުޅާކުރުމުގެ ބޭންކުގެ އާ އިމާރާތެއްގެ ބިންގާ ވެސް ވަނީ އަޅައިފައެވެ.
ބީއެމްއެލްއިން މިއަދު ބުނީ ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ ރަށެއް ކަމަށާއި އެ ރަށުގެ ގިނަ ވިޔަފާރިތަކަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށްވުމުން ޑޮލަރު އޭޓީއެމްއެއް ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެ ރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމުގެ ޓޫރިޒަމްގައި ހަރަކާތްތެރިވާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
"މުޅި ރާއްޖެ އަށް ބިއެމްއެލް އޭޓީއެމް" ގެ ދަށުން ބީއެމްއެލްއިން މިހާރު ވަނީ އއ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު