މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނީ ދެކުނާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާ އިރު، ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތަށް މާދަމާއާ ހަމައަށް މޫސުން ދެމިގެންދާނެ ކަމަށްވެސް ބުންޏެވެ.
މެޓުން ބުނީ އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ވައިޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށެވެ. އަދި ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
އިބްރާހިމް ޒަކީ
ބުރު ސްޕޯޓްސް ކްލަބް
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު