އއ. މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު ހުސައިން އިމްރާނެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
މަތިވެރި އެއާޕޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ އެއާޕޯޓު ތަރައްގީކުރަން އިއުލާނުކުރީ "ކްރޮސް ސަބްސިޑީ" އުސޫލުންނެވެ.
އެ މަޝްރޫއުގައި ހިމެނެނީ 1500 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްގީކުރުމާއި ޓެކްސީވޭއާއި އޭޕްރަންގެ އިތުރުން ފަސިންޖާ ޓާމިނަލާއި ފަޔާ ސްޓޭޝަންގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރުމެވެ.
މަތިވެރީ ފަޅުން ހިއްކުމަށް ހަމަޖައްސާފައިވަނީ 26.5 ހެކްޓަރުގެ ބިމެވެ.
މަތިވެރީގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބިން ހިއްކުމާއި އެއަޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
އަލީ ޔާމިން
ަައއ މަތިވެރި
ަައއ މަތިވެރި
ަައއ މަތިވެރި
ަައއ މަތިވެރި