މީޑިއާތަކަކީ ހަތަރުވަނަ ބާރު ކަމަށާއި، އެގޮތުގައި އޮވެ މީޑިއާތަކުން މުޖުތަމައު ފަސާދަކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، މީޑިއާ ކޮމިޝަނުގެ ބިލުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއި ވާހަކަދައްކަވަމުންނެވެ.
"މި ދާއިރާގެ މަސައްކަތްތައްވެސް ހުންނަންވާނީ އެންމެ ހަމަޖެހޭގޮތަށް، މީހުންގެ އަބުރާއި، އިއްޒަތާއި، ކަރާމާތައް އަރައިނުގަނެ ހަމަ ހަގީގަތަށް ކަންކަން ހިނގާގޮތް ނޫސްވެރިން ހަގީގަތުގައި ރައްޔިތުންނަށް ހާމަކޮށްދިނުމަކީ އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުގައި ކުރަންޖެހޭނެކަމެއް،" އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މީހުންގެ އަބުރާއި އިއްޒަތް ކަތިލުމަކީ އެއްވެސް ނޫސްވެރިއަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
މީހެއްގެ އަބުރަށް އަރައިގަތުމަކީ، އިސްލާމްދީނުގައި ވަރަށްބޮޑަށް މަނާކޮށް ހަރާމްކޮށްފައިވާ މިންގަނޑުގެ ތެރޭގައި ހިމެނޭކަމެއް، ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ނަމަވެސް ސޯޝަލް މީޑިއާ އަކީ މިހާރު ނޫސްތަކަށްވުރެ ނުފޫޒުގަދަ ޕްލެޓްފޯމެއްކަން ފާހަގަކުރައްވައި، ސޯޝަލް މީޑިއާއިން މީހުންގެ އަބުރަށް އަރައިގަނެ، ހުތުރު ވާހަކަތައް ތަކުރާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ހަމަޖެހޭ މުޖުތަމައެެއް ބިނާކުރެވޭނީ އެންމެން އެއްބައިވެ އެފަދަ ނުރަނގަޅު ކަންތައްތައް ދޫކޮށްލައިގެން ކަމަށެވެ.
އިބްރާހިމް ޒަކީ
މަޖިލިސް މެންބަރު އަހުމަދު ސަލީމް
މަޖިލިސް މެންބަރު އަހުމަދު ސަލީމް
މަޖިލިސް މެންބަރު އަހުމަދު ސަލީމް