ކަޅު ދަބަހެއްގައި ރައްޔިތުންގެ މަޖިލީހަށް ފައިސާ ގެންގޮސްގެން، މެންބަރުންނަށް ފައިސާ ނުބަހާކަމަށް، ހަތިމުގައި އަތްލައި ހުވައިކުރައްވައި ވެސް ވިދާޅުވާން ކެރިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެންބަރު ސަލީމްގެ ވާހަކާގައި ފާހަގަ ކުރެއްވީ، މިދިޔަ އާދީއްތަ ދުވަހުގެރޭ، ކަޅު ދަބަހެއް ކޮނޑުގައި އަޅުއްވައިގެން، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ވެންނެވުމުން، އެއީ ހޯމަ ދުވަހު މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް، ރިއަލް ސްޓޭޓްގެ ބިލް ފާސް ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހުމަށް ފައިސާ އަޅައިގެން ގެންދިޔަ ދަބަހެއްކަމަށް ތހުމަތުކޮށް އިދިކޮޅުން ދައްކާ ވާހަކަ ތަކަށެވެ.
ސަލީމް ވިދާޅުވީ އެފަދަ ތުހުމަތުތައްކޮށް ވާހަކަ ފަތުރަމުންދަނީ މަޖިލިސް މެންބަރުންގެ އަގު ވައްޓާލުމަށް ކަމަށެވެ.
"ބޮލެއް ހުރި މީހަކަށް ވެއްޖެއްޔާ އެނގެންވާނެ ކަޅު ދަބަހެއް ހިފައިގެން މިއޮތް ބޮޑު މަޖިލިސް ތެރެއަށް މުޅި މަގުމަތީގައި ނޫސްވެރިންނާއެކު ހިނގާފައި ނާންނާނެކަން ލާރިދަބަހެއް ހިފައިގެން، އެއަށްވުރެން ރީތިކޮށް އެކަން ކުރެވޭނެ ގޮތްވެސް އޮންނާނެ ސިއްރުން އެކަން ކުރެވެން އެބައޮތް، އޮއްވައި ކީއްވެގެންތޯ ކަޅު ދަބަހެއް މުޅި މަގުމަތީގައި ހިނގާފަ އައިސް މަޖިލީހަށް ވަދެ ހުރިހާ އެންމެންނަށް ފެންނަ ގޮތަށް ބަހަންވީކީ، އަމިއްލަ ސިކުނޑިން ވިސްނާލިޔަސް އެނގޭނެ މިހިރީ ނުހިނގާނެ ކަންތައްތައްކަން،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ބައެއް ރައްޔިތުން ގަބޫލު ކޮށްފާނެ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގު ވައްޓާލަން އެފަދަ ވާހަކަ ދެއްކުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
އެ ދަބަސް ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ސަބަބު ސާފުކޮށްދެއްވުމަށް ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ، އެރޭ މަޖިލީހަށް ވަަޑައިގެންނެވީ، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މެންބަރުން ސާފުކުރައްވަން ބޭނުންވި ބައެއް ކަންކަން ސާފުކޮށްދެއްވުމަށް ކަމަށެވެ.
މަޖިލީހުގެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި އޮތް ގަޑިއަކީ އާރަށުން ފުޓްބޯޅަ ކުޅެގެން މާލެއަށް ވަޑައިގަތް ވަގުތު ކަމަށްވުމުން ކޮނޑުގައި އޮތް ދަބަހަކީ، ކުޅޭ ސާމާނު އަޅާފައިވާ ހުރި ދަބަސް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މަޖިލިސް މެންބަރު އަހުމަދު ސަލީމް
މަޖިލިސް މެންބަރު އަހުމަދު ސަލީމް
މަޖިލިސް މެންބަރު އަހުމަދު ސަލީމް
މަޖިލިސް މެންބަރު އަހުމަދު ސަލީމް
ކޮމެންޓް