އއ. ހިމަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

ހިމަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރަތް ރައީސް ހުޅުވައިދެއްވީ އެ މަނިކުފާނު އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހިމަންދޫއަށް ވަޑައިގެންނެވެ.

ހިމަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގައި އާންމު ސިއްހަތުގެ ހިދުމަތުގެ ޔުނިޓާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކާއި ގައިން ގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއްގެ އިތުރުން މާބަނޑު މީހުންގެ ކްލިނިކާއި ކުޑަކުދީންގެ ސިއްހަތު ކްލިނިކެއް ވަނީ ތަރައްގީކޮށްފައެވެ.

19 އޮގަސްޓޫ 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، އއ. ހިމަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރަތް ހުޅުވައިދެއްވުމަށްފަހު، ސިއްހީ މަރުކަޒު ބައްލަވާލައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރައީސް ހިމަންދޫއަށް ވަޑައިގެންނެވުމަށް އެ ރަށު މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.