ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހުޅުމާލެ ފުރަތަމަ ފިޔަވައްސާ އެއްވަރުގެ ސަރަހައްދެއް ފުށިދިއްގަރު ފަޅުން ހިއްކައިފިއެވެ.
އެ މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކާފައިވަނީ 129.60 ހެކްޓަރުގެ ބިމެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ފުށިދިއްގަރުފަޅު އެއްކޮށް ހިއްކާއިރު 1،153 ހެކްޓަރު ހިއްކާނެއެވެ. އެ ބިން ހިއްކަމުން އަންނަނީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އަދި މެދަށް ތިން މީޓަރުގެ އުސްމިނަށެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ 11 ސަރަޙައްދަކަށް ބަހާލައިގެން ދެ ކުންފުންޏަކުންނެވެ. އެއީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި މޯހަން މުތާ އެކްސްޕޯޓްސް އެވެ.
ފުށިދިއްގަރުފަޅު ހިއްކުން މެދުކެނޑިފައި އޮތުމަށްފަހު އަލުން ބިން ހިއްކަން ފަށަން އެޗްޑީސީން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ކުރަމުން އަންނަނީ ސައިޓް މޮބިލައިޒްކޮށް ބިން ހިއްކަން ފަށަން ގޮންޑޮލް ޖެހުމުގެ މަސައްކަތް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ 18 ޑިސެމްބަރު 2023 ގައެވެ.
އަލީ ޔާމިން
ރަސްމާލެ
ރަސްމާލެ