ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކަރަންޓު މައްސަލައެއް ދިމާވެ ޖަލްސާ މެދުކަނޑާލައިފިއެވެ.
އެ އިދާރާއިން ކަރަންޓު ކެނޑުނީ މަޖިލީހުގެ ފުރަތަމަ ދަންފަޅި ފެށިގެން 25 ވަރަކަށް މިނެޓު ފަހުންނެވެ.
ކަރަންޓު ކެނޑުނުތާ ފަސް ވަރަކަށް މިނެޓު ފަހުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އަދި ސާފުނުވާ ކަމަށާއި އެކަން ބެލުމަށް ކުޑަ ވަގުތުކޮޅަކަށް ޖަލްސާ މެދުކަނޑާލަން ނިންމީ ކަމަށެވެ.
އަދި ކަރަންޓު މައްސަލަ ހައްލުވެއްޖެނަމަ ޖަލްސާ އަލުން 9:45ގައި ފަށާނެ ކަމަށެވެ.
ޖަލްސާ މެދުކެނޑުނު އިރު މިހާރު ކުރިއަށްދަނީ އިންޝުއަރެންސް ބިލު ދިރާސާކޮށް މާލިއްޔަތު ކޮމެޓީން ފޮނުވި ރިޕޯޓަށް ބަހުސްކުރެއްވުމުގެ މަސައްކަތެވެ.
އާއިޝަތު މާހާ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް