ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މާދަމާއިން ފެށިގެން އެ މަގުގެ އެއްފަޅި ބަންދުކުރަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މާދަމާއިން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 13ގެ ނިޔަލަށް ބަންދުކުރަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށެވެ.

"މިކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ.،" ސިޓީ ކައުންސިލްގެ އިއުލާނުގައިވެއެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ ބައެއް މަގުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްކުރަމުންނެވެ.