އެސްޓީއޯ އާއި މަކިޓާގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ މަކިޓާ އާއި އެސްޓީއޯގެ ޕާޓްނާޝިޕަށް ކާމިޔާބު 25 އަހަރު ފުރުމުގެ މުނާސަބާ ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް އެސްޓީއޯއިން ގިނަ ތައްޔާރީތަކެއް ވަމުން އަންނަ އިރު، މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް އެސްޓީއޯއިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް، މި މުނާސަބަތާ ގުޅިގެން، ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މަކިޓާގެ ޕްރޮޑަކްޓްތަކުން ވިޔަފާރިކުރާ ފަރާތްތަކަށް 25 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފެށުމަށް އެސްޓީއޯއިން ތަރައްޔާރުވަމުން އަންނަ ކަމަށާއި އެ ޕްރޮމޯޝަނަކީ އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުވީ ދިގު ޕާރޓްނާޝިޕް ފާހަގަކުރުމުގެ ގޮތުން މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ކުރިއަށްގެންދާ ވަރަށް އަގުހުރި ޕްރޮމޯޝަނެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށެވެ. އެ ޕްރޮމޯޝަނުގައި އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ މަކިޓާގެ ގިނަ ޕަވާ ޓޫލްތަކަކުން 25 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އެ ޕްރޮމޯޝަން ކުރިއަށްދާނީ މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމްގައެވެ.
ޖަޕާނުގައި 1915 ވަނަ އަހަރު ތައާރަފުކުރި މަކިޓާ ބްރޭންޑުގެ ޕަވާ ޓޫލްތަކަކީ ދުނިޔޭގެ ބާޒާރުގައިވެސް އޭގެ ދެވަނައެއް ނުވާ މަޝްހޫރު ކޮލެޓީ ބްރޭންޑެކެވެ. މަކީޓާގެ ވިޔަފާރި މުޅި ދުނިޔޭގައި ފުޅާވެ، ކުރިއަރަމުން ދިއުމާއެކު، މީގެ 25 އަހަރު ކުރިން އެސްޓީއޯ އިން ވަނީ މަކިޓާ ރާއްޖެއަށް ތައާރަފުކޮށްފައެވެ. އެ ޕާޓްނާޝިޕްގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެދުނުކެނޑި އެސްޓީއޯއިން ވަނީ މަކިޓާ ބްރޭންޑްގެ އަގުހުރި، ކޮލިޓީ ގިނަ ޓޫލްތަކެއް ރާއްޖެއަށް ތައާރަފުކޮށްފައެވެ.
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ