ވިއްސާރައިގައި ޕާކިސްތާނުން 150 އަށްވުރެ ގިނަ މީހުން ގެއްލިއްޖެއެވެ.
ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު އެ ސަރަހައްދުން މަރުވި މީހުންގެ އަދަދު 344 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ކުއްލިޔަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މިހާތަނަށް 150 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހާހަކަށްވުރެ ގިނަ ރެސްކިއު ފަރާތްތަކުން އިއްޔެ އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ. މީހުންގެ ހަށިގަނޑުތައް ހޯދުމަށް ބުލްޑޯޒަރު ބޭނުންކޮށްގެން އެސަރަހައްދު ކޮންނަމުން ދާކަމަށްވެސް ބައެއް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެސަރަހައްދުގެ އޮފިޝަލުން ވަނީ ބޯކޮށް ވާރޭވެހޭތީ އާއި ވިއްސާރައިގެ ސަބަބުން ލިބިފައި ހުރި ގެއްލުންތަކުގެ ސަބަބުން ރެސްކިއު އޮޕަރޭޝަނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށްވެސް ބުނެފައެވެ.
އެސަރަހައްދުގައި ދިރިއުޅޭ އާންމުން އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައިވާ އިރު ހާލުގައި ޖެހިފައިވާ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް އޮފިޝަލުން ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ބޯޑަރު ސަރަހައްދުގައި ހިމެނޭ އިންޑިއާ އާއި ނޭޕާލަށްވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި