ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ފިޓްސް އެއާއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ފިޓްސް އެއާއަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ހަތަރުވަނަ އެއާލައިނެވެ. އަދި އެއޯ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ސްރީ ލަންކާގެ ފުރަތަމަ އެއާލައިނެވެ.
އެމްއޭސީއެލުން މިއަދު ބުނީ ފިޓްސް އެއާއަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާ ކަމަށެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ވިޓްސް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން، މުޖުތަބާ ލަތީފާއި މުހައްމަދު ލައްމާން އަދި ކުންފުނީގެ ބޯޑުގެ މެންބަރުންގެ އިތުރުން ފިޓްސް ހޮލިޑޭސްގެ ޑިރެކްޓާ އަނާހް ކާސިމް އާއި ފިޓްސް އެއާގެ އޮޕަރޭޝަންސް އެގްޒެކެޓިވް އިބްރާހިމް އަމީން ހަސަން މަނިކު ބައިވެރިވެވަޑައިގެންނެވިކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ މިއަދު ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 71 ޕަސެންޖަރަކަށް ހަދިޔާ ދީފައިވާނެ ކަަމަށެވެ. ޓާމިނަލް 1 އަށް ކައިރިކުރި ފިޓްސް އެއާގެ ފުރަތަަމަ މަތިންދާ ބޯޓަށް ވޯޓާ ސެލިއުޓެއް އަރުވައި، އެ ފުލައިޓުން ރާއްޖެ އައި 154 ޕަސެންޖަރުންނަށް ސަގާފީ ހަރަކާތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައިވާނެކަމަށް އެމްއޭސީއެލުން ބުންޏެވެ.
ފިޓްސް އެއާއަކީ ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނެވެ. ފިޓްސް އެއާއިން ރާއްޖެއާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފަށައިފައިވަނީ 2022 ވަނަ އަހަރުގައެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް